ހާދިސާ: ދިރިއުޅުން ބަދަލުވި ދަތުރު

"އަހަރެން މީ ކިހާ ނިކަމެތި މީހެއްހެއްޔެވެ. އަޅާލާނެ މީހަކު ނެތެވެ. އެއްމެ ކުޑަމިނުން ކާއެތި ކޮޅެއް ދިއްކޮށްލާނެ މީހަކުވެސް ނެތެވެ. އަހަރެންނަށް ކުރެވެނީ މީހުން ނަފްރަތުވާ ކަންތައްތަކެވެ. ވައްކަމާއި ފޭރުމާއި އަދި މީހުންނަށް ޖެއްސުން ކުރުމެވެ. ނުވިތާކަށް މީހުންނަށް އަނިޔާކުރުމެވެ. މިއީ އަހަރެންގެ ތަބީއަތުގައި އެކުލެވިފައިވާ ކަންކަމެވެ. އަހަރެންނަކީ ކިހާ ބަދުނަސީބު އިންސާނެއްހެއްޔެވެ. މިއީ މީހުން ރުހޭ ސިފަތަކެއްނޫންކަން އެނގެއެވެ. ނަމަވެސް އަހަރެންނަށް އޮތީ މިނޫން ކޮންގޮތެއްބާއޭ ހިތަށްއަރައެވެ. ބަނޑުފުރާނަ މުއްތިކުރަން މި ކުރެވެނީ ވަށްކަމެވެ. މިއީ […]