ދޮންބުޅަލާއި ދާނިޝްގެ ކިރުތަށި

ދާނިޝް ނިދުމުގެ ކުރިން ދާނިޝްގެ މަންމަ މިންނާ ކޮންމެ ރެއަކުވެސް ދާނިޝް އަށް ކިރުތަށްޓެއް ގިރާފައި ދެއެވެ. އެ ކިރުތަށީގައި ދޭނީ ވަރަށް މަޑު ފޮނި ރަހައެކެވެ. އެހެންވެ ދާނިޝް އަށް އެކިރުތަށި އެހާ މީރެއް ނޫނެވެ. ދާނިޝް ހަދާގޮތަކީ ދާނިޝްގެ މަންމަ ބަލަން ނެތިއްޔާ އެގޭގައި އޮންނަ ދޮންބުޅަލުގެ ފެންބޯތަށްޓަށް ކިރުތަށި އޮއްސާލާނީއެވެ. ބުޅާ އައިސް ވަރަށް މީރުކޮށް ކިރުތަށި ބޯލައެވެ. ދާނިޝް އަށް އެންމެންވެސް ލޯބިން ގޮވަނީ ދާންކޮ ކިޔާފައެވެ. އެއްރެއަކު ދާންކޮ ގޭމްކުޅެން […]

ވަށައިގެން އޮތީ ބިރުވެރިކަން، ބިޔަރާޅު ދަށުނުވެ ސަލާމަތްވަމާ!

އަވައްޓެރި އިންޑިއާ އަށް ނަޒަރު ހިންގާލުމުން ފެންނަނީ ހިތްދަތި މަންޒަރުތަކެކެވެ. ނުރައްކާތެރި ކޮވިޑް ބަލީގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވަމުންދާއިރު ސިއްޙީ ފަރުވާ އަށް ގިނަ އަދަދެއްގެ މީހުން ދަނީ ސަލާންޖަހަމުންނެވެ. ސިއްޙީ ހިދުމަތްދޭ ތަންތަން ފުރި އެންމެފަހުން އެހީތެރިވުމަށް ސިފައިންވެސް ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. މަގުތަކުން ފެންނަނީ މަރުވެ ކުނިވަމުންދާ ހަށިތަކެވެ. އަދިވެސް މިހާލަތަށް ލުޔެއްނުލިބި ދުވަހެއް ދުވަހަކަށް ދަނީ އިންޑިއާގެ ހާލަތު ގޯސްވަމުންނެވެ. އިންޑިއާ އާއި އަޅާ ބަލާއިރު މި ކުޑަ […]