ތާރީޚް: މެދުޒިޔާރަތަށް އެ ނަން ކިޔުނީ ކިހިނެއް؟

މެދުޒިޔާރަތް މި ނަން އެޒިޔާރަތަށް ކިޔުނީ ކުރީޒަމާނުގައި މާލޭގެ ބޮޑުމިނުގެ ނިސްބަތުން ޒިޔާރަތް ހުރީ ރަށުގެ މެދުގައި ކަމަށްވެފައި، އެ ޒިޔާރަތަކީ އެހެން ޒިޔާރަތްތަކަށްވުރެ ޚާއްސަ ޒިޔާރަތަކަށްވީތީ ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ. " މި ޒިޔާރަތަކީ ރާއްޖޭގެ ރައްޔިތުން އެންމެ ގިނަ އަދަދަކަށް ނަދުރު ބުނަމުން ގެންދިޔަ ޒިޔާރަތް. މިފަދަ ތަންތަނަށް ނަދުރުބުނުމަކީ އިސްލާމްދީން ހުއްދަކުރާ ކަމަކަށް ނުވާތީ 1957ވަނަ އަހަރުން ފެށިގެން މިކަން ވަނީ ސަރުކާރުން މަނާކޮށްފަ" މާލޭ […]
ޒުވާން ސާޖަން ޑރ.މައުރޫފް ބޭނުންފުޅުވަނީ އިތުރު ދާއިރާއަކުން ޚާއްސަވާން!

އޭޑީކޭ ހޮސްޕިޓަލްގެ ސާޖަރީ ޑިޕާޓްމަންޓްގެ ކޮންސަލްޓަންޓް އިން ސާޖަރީގެ މަގާމުގައި މިވަގުތު ހުންނެވި ޑޮކްޓަރ މައުރޫފް ވިސާމް އަކީ ރ.އުނގޫފާރު ނީލޯފަރުގެ، މުހުސިނާ ޔޫސުފް އާއި މުހައްމަދު ވިސާމްގެ އެންމެ ދޮށީ ދަރިފުޅެވެ. ޤައުމީ ޚިދުމަތްތެރިއަކަށް ވުމުގައި ޑރ.މައުރޫފަށް އެންމެބޮޑު އެހީތެރިކަމެއް ދެއްވީވެސް މަންމަ އާއި ބައްޕަ އެވެ. ސިއްހީ ދާއިރާއަށް ވެންނެވުމުގެ ޚިޔާލު އުފެދުނުގޮތް ޒީޓައިމްސް އާއި ހިއްސާ ކުރައްވަމުން ޑރ.މައުރޫފް ވިދާޅުވީ "ވަރަށް ކުރިންސުރެ ބޭނުންވީ އެކި ގޮތްގޮތުން މީހުންނަށް އެހީވާން. އެންމެ ފަސޭހައިން […]
