April 25, 2024 02:32
Advertisement

-Advertisement-

ސްޕޯޓްސް ބޫޓުތަކުގެ ތެރެއިން އެންމެ ރަނގަޅީ ކޮން ބްރޭންޑެއް؟

މިހާރަކަށް އައިސް ހިނގަންދިއުމާއި ކުޅެންދިއުން އަދި ޖިމަށް ދިއުން ފަދަ ކަސްރަތުތައް ކުރާ މީހުން މަދެއް ނޫނެވެ. މިގޮތަށް ކަސްރަތު ކުރާއިރު ރަނގަޅު ބްރޭންޑެއްގެ ބޫޓެއް ޚިޔާރު ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ފަޔަށް ފަސޭހަ ރަނގަޅު ބޫޓެއް ހޯދަންވާނެއެވެ. ދުނިޔޭގެ ފާހަގަކުރެވޭ ބްރޭންޑްތަކަކީ ކޮބައިތޯ ބަލާލާނަމެވެ. 1950 ވަނަ އަހަރުން ފެށިގެން އެތްލެޓިކް ފުޓްވެއަރ މަޝްހޫރުވެގެން ދިޔައެވެ.

ނައިކް

ނައިކަކީ 1964 ވަނަ އަހަރު އާއްމުވި އެމެރިކާގެ ބްރޭންޑެކެވެ. މިއީ އެމެރިކާގެ މަޝްހޫރު އެންމެނަށްވެސް ކަމުދާ ބްރޭންޑެކެވެ. ނައިކުގެ ޑިޒައިން އާއި އޭގެ ރީތިކަމާއި ފަޔަށް ފަސޭހަ ކަމުގައި އެންމެންގެވެސް މަގްބޫލުކަން ލިބުނެވެ. އެހާމެ ޗާލުވެފައި ރީއްޗެވެ. ނައިކްގެ އޮފީސް 45 ގައުމެއްގައި ހުރެއެވެ. ނައިކަކީ ކޮންމެ ކަހަލަ ކުޅިވަރެއް ކުޅެންވެސް ބޭނުންކޮށްލަން ވަރަށް ކަމުދާ އެންމެ އެކަށީގެންވާ އެއް ބްރޭންޑެވެ. ގިނަ ދުވަހު ބޭނުންކުރެވޭ ފަޔަށް ފަސޭހަ އެވެ.

Advertisement

ޕޫމާ

މިއީ ސޮނީ ސްޕޯޓްސް އިން ވިއްކަމުންދާ ޕޫމާ ބްރޭންޑްގެ ބޫޓެއް

ޕޫމާ އަކީ ޖަރުމަނުގައި 1948 ވަނަ އަހަރު އުފެދުނު ބްރޭންޑެކެވެ. ޕޫމާ ބްރޭންޑްގެ ޑިޒައިންތަކުގައި އަލަށް ނިކުންނަ ޑިޒައިންތަކުން އަބަދުވެސް ފެންނާނީ ހައިރާން ކުރުވަނިވިހާ ތަފާތު ރީތި ޑިޒައިންތަކެވެ. ފަޔަށް ފަސޭހަވެ ގިނައިރު ހިނގާ މީހުންނަށްވެސް ޕޫމާގެ ބޫޓަކަށް އަރައިފިނަމަ ދެވަނަ ފަހަރުވެސް އަރާހިތްވާނެ ކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. ފަޔަށް އެހާމެ ލުއިވެފައި ހިނގާލުމުން ތަފާތު ފެނިގެންދެއެވެ.

އެޑިޑަސް

އެޑިޑަސް އަކީވެސް 1949 ވަނަ އަހަރު ޖަރުމަނުގައި އުފެދުނު އަދި ދުނިޔޭގައި 2 ވަނަ އަށް އެންމެ ބޮޑު އެއް ސްޕޯޓްސް ބްރޭންޑެވެ. ޕްރޮފެޝަނަލް އެތްލީޓުންނަށްވެސް ކަމުދާނެހެން އުފައްދާފައިވާ ރީތި ޑިޒައިންތަކުން ހިތްގައިމުކަން ގެނެސްދީފައިވާ ބްރޭންޑެކެވެ. އަގުގެ ގޮތުން ބަލާނަމަ އެހެން ބްރޭންޑްތަކާ އަޅާބަލާއިރު އަގުހެޔޮ ގިނަ މީހުންނަށް ގަނެލެވޭ ވަރުގެ އަގެއްގައި ބާޒާރުގައި ލިބެން ހުންނަ ބްރޭންޑެއްވެސް މެއެވެ.

ރީބޮކް

އިނގިރޭސި ވިލާތުގައި 1958 ވަނަ އަހަރު އުފެއްދި މިބްރޭންޑަކީ 4 ވަނަ އަށް އެންމެ މަގުބޫލުކަން ލިބިފައިވާ ބްރޭންޑެވެ. މިއީ އިނގިރޭސިވިލާތުގެ ބޯލްޓަން ގައި އުފެދުނު ބްރޭންޑެކެވެ. މިބްރޭންޑުން އުފައްދާ ބޫޓުތައް ވަނީ އެހެން ބްރޭންޑްތަކާ އަޅާބަލާއިރު އަޅައިގަންނަ ކަހަލަ ކުލަތައް އުފެއްދުމުގައި މަގުބޫލުވެފައެވެ. ކުލަގަދަ ރީތި ތަފާތު ކުލަތަކުން ޑިޒައިންތައް ނެރުމުގައި އަބަދުވެސް ކުރިއަރާފައިވާ ބައެކެވެ.

ފިލާ

ފިލާ ބްރޭންޑަކީ 1911 ވަނަ އަހަރު ސައުތު ކޮރެއާއިން އުފެދުނު ބްރޭންޑެކެވެ. މިއީ "ލަގްޒަރީ"  ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބްރޭންޑެކެވެ. ކޮލިޓީ އަށް ބަލާއިރު ވަރަށް ސަޅި ވަރަށް ވަރުގަދަ ބްރޭންޑެކެވެ. މިއީވެސް ފަޔަށް ވަރަށް ފަސޭހަ ވަރަށް ކަމުދާ ބްރޭންޑެކެވެ.

+1
0
+1
2
+1
3
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް